Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

ގެއްލިގެން ހޯދި އަންހެނަކު ފެނިއްޖެ

ގެއްލިގެން ހޯދި އަންހެނަކު ފެނިއްޖެ އެވެ.

ގެއްލިގެން ރިޕޯޓްކުރީ ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހިމް، 44، އެވެ. އޭނަ ގެއްލިގެން ރިޕޯޓްކުރީ މި މަހުގެ 8 ވަނަ ދުވަހު އެވެ. ފުލުހުން ގޮތުގައި އޭނަ ގެއް،ލިގެން އާއިލާ އިން ރިޕޯޓްކުރި އިރު، ޝަޒިިއްޔާހެ ފޯނަށް ނުގުޅޭތާ ތިން ހަފުތާވެފައިވާ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

ފުލުހުން ރޭ ބުނީ ޝަޒިއްޔާ ފެނިފައިވާ ކަމަށާއި އޭނަގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން ވާނުވާ ނޭނގި މީސްމީހުން ގެއްލޭ މައްސަލަތައް ވަރަށް ބޮޑެވެ. ހާއްސަކޮށް މާލެ ސަރަހައްދުން މިފަދަ މައްސަލަތައް ރިޕޯޓްކުރާލެއް ވަރަށް އާންމެވެ.