Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

ސަމީރުގެ މި ލިސްޓްގައި ވޯޓް ނުދޭން ޖެހޭ ކެންޑިޑޭޓުން!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ނުދޭން ޖެހޭ ކެންޑިޑޭޓުންގެ ލިސްޓެއް ޝެއިހް އަހުމަދު ސަމީރު އާންމު ކުރައްވައިފި އެވެ.

ސަލަފު ޖަމިއްޔާ އަށް ނިސްބަތްވާ ސަމީރު މިއަދު ފޭސްބުކްގައި އާންމުކުރެއްވި މި ޕޯސްޓް ރައްދު ވަނީ އެމްޑީޕީ އަށް ނިސްބަތްވާ ކެންޑިޑޭޓުންނަށެވެ.

އެ ލިސްޓްގައި އޭނަ ވަނީ ވޯޓްދޭ އިރު، ވަކިވަކި ކަންކަން ފާހަގަކޮށް އެކަންކަން ރައްދުވާ ކެންޑިޑޭޓުންނަށް ވޯޓް ނުދެއްވަން ގޮވާލައްވައިފަ އެވެ.

1. ފެމެނިޒަމް ފަދަ އިސްލާމް ދީނާ އިދިކޮޅު ސެކިއުލާ ފިކުރުތަކަށް ތާއީދު ކުރާ މީހަކަށް ވޯޓު ނުދެއްވާތި!
2. އެމްޑީއެން އަށް ތާއީދުކޮށް އެމްޑީއެން އުވާނުލަން ވާހަކަ ދެއްކި މީހަކަށް ވޯޓު ނުދެއްވާތީ!
3. ނަފްރަތު ހުއްޓުވުމުގެ ނަމުގައި ހުށައެޅި “ސެކިއުލާ” ބިލަށްތާއީދުކުރި މީހަކަށް ވޯޓު ނުދެއްވާތި!
4. ރައީސުލް ޖުމުހޫރިއްޔާ ހުވާކުރެއްވި ދުވަހު ނޫން އަނެއް ދުވަހުން ފެށިގެން މަޖްލީސްތެެރެއިން ވެރިކަން ވައްޓާލަން އުޅުނު މީހަކަށް ވޯޓު ނުދެއްވާތި!
5. ދީނީ ޢިލްމުވެރިންނާމެދު ނަފްރަތު އުފައްދައި ޖަމްޢިއްޔަތުއް ސަލަފް އުވާލަން ވާހަކަދެއްކި މީހަކަށްވެސް ވޯޓުނުދެއްވާތި!

މަޖިލިސް އިންތިހާބު އޮންނާނީ މި މަހުގެ 21 ގަ އެވެ.