Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ވިލިގިނލީގައި ސިހުރު ހެދި މައްސަލައެެއް ބަލަނީ

ގއ. ވިލިނގިލީގައި ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ ރަށުގައި ސިހުރު ހަދާ ކަމަށް ބުނާ މައްސަލަައެއް ރިޕޯޓްކުރީ މި މަހުގެ 10 ވަނަ ދުވަހުގެރޭ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކަން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުން ސިހުރު ހެދުމުގެ މައްސަލަތައް ފެންމަތިވެފަ އެވެ. އަދި އެފަދަ މައްސަލަތައް ކުރިން ވެސް ފުލުހުންނަށް ރިޕޯޓްކޮށްގެން ބަލާފައިވެ އެވެ.