Last Updated: May 20, 20:54
Monday, May 20, 2024
ޚަބަރު

މާލޭގައި ފެންބޮޑުވެގެން 42 މީހަކު ވަގުތީ ހިޔާތަކަށް

އިއްޔެ އާއި ރޭ ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވެ ގެތަކަށް ފެން ވަދެ، ލިބުނު ގެއްލުންތަކާ ގުޅިެން ހަ ގެއެއްގެ މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފި އެވެ.

ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން ބުނީ ފެންބޮޑުވެގެން ހަ ގެއަކުން 42 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ފެން ބޮޑުވުމުގެ ސަބަބުން ފަސް ގެއެއްގެ ފާހާނާތަކުން ނަޖިސް ލީކުވުމުގެ އިތުރަށް އުޅެން ދަތިވާ ނުވަ ގެއެއް މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން މާލޭގެ 73 ތަނެއްގައި 495 ވެލިބަސްތާ ވެސް ޖަހާފައިވެ އެވެ.