Last Updated: May 20, 19:22
Monday, May 20, 2024
ޚަބަރު

ކ. އަތޮޅަށް މިރޭ ބޯކޮށް ވާރޭ ވެހޭނެ

އިއްޔެ ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވެ، ގެއްލުންތަކެއް ލިބިފައި ވަނިކޮށް ކ. އަތޮޅަށް މިރޭ ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެ އެލާޓް ނެރެފި އެވެ.

މިރޭ 9:15 އިން ފެށިގެން ދަންވަރު 12:30 އާ ހަމައަށް އެ އެލާޓް ނެރެފައި ވަނީ ކ. އަތޮޅުގެ އިތުރުން އއ. އަތޮޅަށެވެ. އެގޮތުން ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައިވެ އެވެ.

މާލޭގައި އިއްޔެ ފެންބޮޑުވެ، ގެތަކަށް ފެން ވަނުމާ ގުޅިގެން 42 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނެވެ.