Last Updated: May 20, 20:54
Monday, May 20, 2024
ޚަބަރު

ސިފައިންނަށް މުވާސަލަތީ އާލާތްތަކެއް ހަދިޔާކޮށްފި

އަމިއްލަ ކުންފުންޏަކުން ސިފައިންނަށް މުވާސަލާތީ އާލާތްތަކެއް ހަދިޔާކޮށްފި އެވެ.

ތަކެތި ހަދިޔާކުރީ ޕްރޯލައިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

ތަކެތި ހަވާލު ކުރަން އިއްޔެ ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިޔާތުގައި، އެމްއެންޑީއެފްގެ ފަރާތުން އެ އިކުއިޕްމަންޓްސްއާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއެންޑީއެފުން ބުނީ ޕްރޯލައިންގެ ފަރާތުން އަސްކަރިއްޔާއަށް ހަދިޔާކުރި ތަކެތީގެ ސަބަބުން އެމްއެންޑީއެފްގެ ސަވައިލެންސް ކެޕޭސިޓީ އިތުރުކުރުމަށް މަގުފަހި ވާނެ ކަަށެވެ.