Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

ސިޔާސީ އާ މަގާމެއް އުފައްދައިފި

މި ސަރުކާރުން މިނިސްޓްރީތަކަށް ހާއްސަކޮށްގެން ސިޔާސީ އާ މަގާމެއް އުފައްދައިފި އެވެ.

އެ މަގާމަކީ "އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރު" ގެ މަގާމަ އެވެ. އެނގިފައިވާ އެ މަގާމު އުފެއްދީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި މަގާމުގެ މުސާރަ އަކީ ގާތްގަނޑަކަށް 15،000ރ. އެވެ.

އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު އުފެއްދުމަށް ފަހު، ސްޕޯޓްސް މިނިސްޓްރީން އަށް 11 މީހަކު އެ މަގާމަށް މިހާތަނަށް އައްޔަންކޮށްފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް މީޑިއާއަކަށް ވިދާޅުވެފައި ވަނީ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބެލުމަށް ފަހު މުވައްޒަފުން އައްޔަނު ކުރުމަށް މަގާމުތައް އުފައްދަމުން ދާނެ ކަމަށެވެ.

ޑރ. މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނައެއް ނުވާނެ އެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާ ސަރުކާރަށް ގާތްގަނޑަކަށް ފަސް މަހެއްހާ ދުވަސްވީ އިރު، ސިޔާސީ މަގާމުތަކުގެ އަަދަދު 1،500 އަށް އަރަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މަޝްރޫއުތައް ހިންގާނެ ފައިސާގެ ދަތިކަން ހުރި ކަމަށް ސަރުކާރުން ބުނާ އިރު، ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަން ފައިސާ ހުރި ކަމަށް ސަރުކާރުގެ އަމަލުތަކުން ފެންނަ ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވެފަ އެވެ.