Last Updated: May 20, 20:54
Monday, May 20, 2024
ޚަބަރު

ކޮރަޕްޝަނާ ގުޅޭ ސައިންޓިކް ދިރާސާއެއް ހަދަނީ

ކޮޕަރްޝަނާ ގުޅޭ ސައިންޓްފިކް ދިރާސާއެއް ހަދައި ދޭނެ ބަޔަކު ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުޅުވާލާއިފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ އެ ދިރާސާގެ މައުޝޫއު އަކީ "ޕްރިޑިކްޓިވް މޮޑެލް އޮފް ކޮރަޕްޝަން އިން ދަ މޯލްޑިވްސް:ބީހޭވަރަލް އިންޑިކޭޓާސް އެންޑް އެތިކަލް ޕަސްޕެކްޓިވް" ކަމަށެވެ.

މި ދިރާސާ ހަދައިދޭން ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ސުންގަޑި އަކީ އެ ދުވަހުގެ ހެނދުނު 10:00އެވެ.

އޭސީސީން ބުނީ މި ދިރާސާގެ މައިގަނޑު ތިން މަގުސަދެ ހިމެނޭ ކަމަށެވެ. ވެއެވެ. އެއީ ކޮރަޕްޝަންގެ ބިހޭވިޔަރަލް އިންޑިކޭޓަރުތަކާ ބެހޭ ގޮތުން ސައިންޓިފިކް އަންދާޒާއެއް އުފެއްދުމާއި، ކޮރަޕްޝަނާ މެދު ދިވެހިންގެ އަހުލާގީ ނަޒަރުގެ ސައިންޓިފިކް އަންދާޒާއެއް އުފެއްދުމުގެ އިތުރުން ކުށްކުރާ ފަރާތްތަކުގެ އަމަލުތަކުގެ ފަހަތުގައިވާ ސަބަބު ދެނެގަތުމެވެ.