Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

އަލިފުށީ މަގުތައް ވެސް ހަދަން ފަށައިފި

ރ. އަލިފުށީގެ މަގުތަކުގައި ތާރު އަޅަގައިހެން ހެދުމަށް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށް މަސައްކަތގް ފަށައިފި އެވެ.

އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އަލިފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

ނުވަހިހަ މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 3.8 ކިލޯ މީޓަރުގެ މަގުތަކުގައި ތާރު އަޅާއިރު، މަގުތަކުގައި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމާއި މަގުބައްތި ޖެހުން ވެސް ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމަން ދީފައި ވަނީ 540 ދުވަހެވެ.