Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ބައު މުސްހަފުތައް ކައުންސިލުން ބަލައިގަންނަނީ

ބައު މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީސް ފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ނައްތައިލަން އެފަދަ ތަކެތި މާލެ ސިޓީ ކައުންސިލުން ބަލައި ގަންނަން ނިންމައިފި އެވެ.

އެ ކައުންސިލުން ބުނީ އަހަރަކު ދެ ފަހަރު މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން ބައު މުސްހަފުތަކާއި ދީނީ ފޮތްތައް ބަލައި ގަންނަން ހަމަޖެހިފައި ވަނީ މި މަހުގެ 27 އިން ފެށިގެން އަންނަ މަހުގެ 2 އާ ހަމައަށެވެ. ކައުންސިލުން ބުނީ ތަކެތި ބަލައި ގަންނާނީ އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަނާއި ހުޅުމާލެ ސެކްޝަންގައި ކަމަށެވެ.