Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

ޓެލެގްރާމް ގްރޫޕާ ހިއްސާވި ޑްރައިވަރު ހައްޔަރަށް

"ޖަޒީރާ"ގެ ނަމުގައި ބަދުއަހުލާހީ ކަންކަމަށް ހުތްވަރުދީ ފުރުސަތު ފަހިކޮށްދެން ހިންގަމުން އައި ޓެލެގްރާމް ޗެނަލްކުގެ ހ މައްސަލައިގައި، އެކަންކަމުގައި ޝާމިލުވި ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

އުމުރުން 60 އަހަރުގެ މީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 30 ގަ އެވެ. އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ދެމަފިރިއެކެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން އެކަކަކީ، ގިނަ އަދަދެއްގެ ކުށުގެ ރިކޯޑު ވެސް އޮންނަ މީހެކެވެ.

މިދިޔަ އަހަރުހެ އެޕްރީލް މަހުގެ ތެރޭގައި އުފެއްދި ޓެލެގްރާމް ޗެނަލްތަކަށް ފުލުހުންގެ ބާރު ލިބުނުއިރު 7،000 އަށް ވުރެ ގިނަ މީހުން ސަބްސްކްރައިބްވެފައިވެ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެ އެވެ.