Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ދެ ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން ހޯދަނީ

ދެ ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން ބޭނުންވާތީ ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

އިސް މެޖިސްޓްރޭޓުން ހޯދަނީ ދަނީ ހދ އަދި ގއ ޖުޑީޝަލް ދާއިރާއަށެވެ.

މި މަގާމުތަކުގެ އަސާސީ މުސާރައަކީ މަހަކު 28،350ރ. އެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތް އިންޝުއަރެންސްއާ ފޯނު އެލަވެންސް ލިބޭނެ އެވެ.

ޖޭއެސްސީން ބބުނީ ގއ ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަގާމަށް ކުރިމަތިލާ މީހުންނަކީ ގއ. ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަގާމު އަދާކުރަމުން އަންނަ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ހދ. ދާއިރާގެ އިސް މެޖިސްޓްރޭޓަށް މަގާމަށް ކުރިމަތިލާ މީހަކީ ހދ ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަގާމު އަދާކުރަމުން އަންނަ މީހަކަށް ވާން ޖެހޭނެ އެވެ.

ދެ ދާއިރާގެ ވެސް ކުރިމަތިލާން ހުޅުވާލާފައި ވަނީ މި މަހުގެ 25 އާ ހަމައަށެވެ.