Last Updated: May 2, 14:39
Thursday, May 2, 2024
ޚަބަރު

340 އަށް ވުރެ ގިނަ ވެހިކަލް ޓޯކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކުގައި ގަވައީދާ ހިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތައް ޓޯކުރަން ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް 340 ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޖުމްލަ 348 ވެހިކަލް ޓޯކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 59 ވެހިކަލަކީ ގަވާއިދާ ޚިލާފަށް ޕާކުކޮށްފަ ހުރި އުޅަނދު ކަމަށެވެ. ޓޯކުރި ވެހިކަލްތަކުގެ ތެރޭގައި ކާރާއި ޕިކަޕުތަކާއި ސައިކަލުތަކާއި ވޭންތަކާއި ޖިޕްތަކުގެ އިތުރުން ޓްރަކްތައް ވެސް ހިމެނެ އެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ ވެހިކަލް އިންޑަސްޓްރިއަލް ވިލެޖް ކައިރިން ޓޯކޮށްފައިވާ އިރު ހުޅުމާލޭގެ ސަރަހައްދުތަކުންނާއި ބޮޑުތަކުރުފާނު މަގުގެ އިތުރުން ބައެއް ރަށްތަކުން ވެހިކަލްތަކެއް ޓޯކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޓޯކުރި ވެހިކަލްތަކުގެ ވެރިފަރާތުން އެ ތަކެތި ގެންދަން ދެ މަސް ދުވަހުގެ މުއްދަތެއް މިހާރު ދީފައިވާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ނުގެންދާ އުޅަނދުތައް ގާނޫނުގެ ދަށުން ހަމަޖައްސާފައިވާ އުސޫލުގެ މަތިން ނައްތައިލާނެ އެވެ.