Last Updated: December 13, 22:19
Friday, December 13, 2024
ޚަބަރު

ފަތުވާ މަޖިލީހަށް އައު މެންބަރުންތަކެއް އައްޔަންކޮށްފި

އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލީހަށް އައު މެމްބަރުން އައްޔަނުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސްގެ އާ މެމްބަރުންގެ ގޮތުގައި އައްޔަނު ކުރައްވާފައިވަނީ ޑރ. މޫސާ އަންވަރު ހަސަން އާއި ޑރ. އަލީ ޒާހިރުކަމަށެވެ. މި ދެ ބޭފުޅުން އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލީހަށް އައްޔަނުކުރައްވާފައިވަނީ މިއަދުއެވެ.

"އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސް" ގައި މިހާރު ތިއްބަވާ މެންބަރުން:

1- ފަޟީލަތުލްއުސްތާޛުއްޝައިޚު ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް، ގ. ގަސްކަރަ – ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރެއްގެ ގޮތުގައި
2- ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ދަފްތަރު. ރސ ނަންބަރު 8104 – ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރެއްގެ ގޮތުގައި
3- ޑޮކްޓަރ މޫސާ އަންވަރު ޙަސަން، ދަނޑިމަގު، ރިހިވިލާގެ، ޏ. ފުވައްމުލައް – މިނިސްޓަރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ މެމްބަރު
4- ޑޮކްޓަރ ޢަލީ ޒާހިރު، މ. ހިތިމާގެ – ދިވެހިރާއްޖޭހެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރު
5- އައްޝައިޚް އިލްޔާސް ޙުސައިން، ސިޕާރ، ސ. ހިތަދޫ، – މިނިސްޓަރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ މެމްބަރު

ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ އެކިއެކި ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤުހީ އައު މައްސަލަތަކުގެ ދިރާސާތައް ކުރުމަށާއި، އެކަންކަމާ ގުޅޭ ދީނީ ލަފާޔާއި އިރުޝާދު ފޯރުކޮށްދިނުމަށްޓަކައި، ”އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް“ގެ ނަމުގައި މަޖިލީހެއް އުފައްދާފައި ވަނީ 25 އޭޕްރިލް 2016 ގައެވެ.

މި މަޖިލީހަކީ އިސްލާމިކް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ހިނގަމުންދާ ވަކި އިދާރާއެކެވެ.