Last Updated: May 1, 00:08
Tuesday, April 30, 2024
ޚަބަރު

ފުވައްމުލަކު އުތުރުގެ ޕީއެންއެފްގެ ކެންޑިޑޭޓަށް އެމްޑީޕީން ތާއީދުކޮށްފި

މުޙައްމަދު ޝަރަފުއްދީން - ފޮޓޯ: ތޭރަ އޮންލައިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު އުތުރު ދާއިރާގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް)ގެ ކެންޑިޑޭޓަށް ތާއީދު ކުރަން އެމްޑީޕީން ނިންމައިފި އެވެ.

ފުވައްމުލަކު އުތުރު ދާއިރާ އަކީ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކެންޑިޑޭޓެއް ނުނެރެން ނިންމި އެއް ދާއިރާ އެވެ. އެމްޑީޕީން ވަނީ ވ. ފުލިދޫ ދާއިރާ އާއި ތ. ގުރައިދޫ ދާއިރާ އަދި ފ. ނިލަންދޫ ދާއިރާ އަށް ވެސް ކެންޑިޑޭޓުން ނުނެރެން ނިންމާފަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުޙައްމަދު ޝަރަފުއްދީން އަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ޝަރަފުއްދީން އަށް ތާއީދުކޮށް ވޯޓު ދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

ޝަރަފުއްދީން އަކީ ޕީޕީއެމްގެ ދަޑިމަގު ސްޓިއަރިން ކޮމިޓީގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި ފަރާތެވެ.

މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.