Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ޔާމީނަށް ހުކުމް އިއްވުން މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވުން މާދަމާ އަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މާދަމާ މެންދުރު އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު 21 ގައި ވަނީ ނިންމާލާފަ އެވެ.

ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއެކު މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވެސް އެމަނިކުފާނަށް ގެއްލިވަޑައިގަތެވެ.

ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް ހައިކޯޓުގައި ކުރިއަށްދާއިރު މިވަގުތު ގޭ ބަންދުގައި ހުންނެވި ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކުގެ ޝަރީއަތްވެސް ކްރިމިނަލް ކޯޓުގައި ވެސް އަންނަނީ ހިނގަމުންނެވެ.