Last Updated: May 1, 17:44
Wednesday, May 1, 2024
ޚަބަރު

އިތުރު ދެ ރަށެއްގެ އިހުތިސޯސް އަށް ފަޅުރަށްތަކެއް

ކުރިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ދޭން ނިންމި ހއ. ވަނގާރު އެ އަތޮޅުގެ ތުރާކުނުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

އެގޮތަށް ކަނޑައެޅި ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި، މިއަދު ނެރެއްވި ގަރާރަކުންނެވެ. އޭގައި ބުނީ ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ.

ބޮޑު މިނުގައި 11 ހެކްޓަރު ހުންނަ ވަނގާރުގައި ރިސޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޭން ނިންމީ 2016 ގަ އެވެ.

ވަނގާރުގެ އިތުރުން އދ. މަހިބަދޫގެ ދެކުނުގައި އޮންނަ މާފަރުފަޅަކީ އެ ރަށުގެ ބައެއް ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.