Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ތޮއްޑޫ މަގު ހެދުމުގެ މަޝްރޫއު ފަށައިފި

އއ. ތޮއްޑޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަޝްރޫޢު ފައްޓަވައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރެވެ.

ތޮއްޑޫގެ މަގުތައް ހަދަން އާރުޑީސީއާ ހަވާލުކުރީ 2023 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ތޮއްޑޫ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ 77 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫޢުގެ ދަށުން ތޮއްޑޫގައި 2.5 ކިލޯމީޓަރުގެ 4 މަގު ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ނިންމާފަ އެވެ. އަދި ތޮއްޑޫގެ މަގުތަކުގެ ފެންހިންދާ ނިޒާމް ޤާއިމްކޮށް މަގުތަކުގައި މަގުބައްތި ހަރުކޮށްޒީނަތްތެރިކުރުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެ އެވެ.