Last Updated: May 1, 00:08
Tuesday, April 30, 2024
ޚަބަރު

މަހްލޫގެ އަންހެނުންނަށް ޕީއެންއެފްގެ ތާއީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރާ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) އަށް ޕީޕަލް ނެޝަން ފްރޮންޓް (ޕީއެންއެފް) އިން ތާއިދުކޮށްފި އެވެ.

އޭނަ އަކީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮއެކެވެ.

ނަޒޫ އަށް ޕީއެންއެފް އިން ތާއިދުކުރަން ނިންމިކަން އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަދި ފުވައްމުލަކަށް ނިސްބަތްވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވި އެވެ. އޭނަ ވިދާޅުވީ މުޅި ރާއްޖެއިން ބުނަމުން ދަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ނޫނެކޭ ކަމަށެވެ.

"ފުވައްމުލަކު ދެކެނު ދާއިރާ ވެސް އޮތީ އެގޮތަށް. ޕޮލިޓިކްސްގައި އެންމެ މުހިއްމީ ލޯޔަލިޓީ، ޕީއެންސީ ކެންޑިޑޭޓް ވަނީ ހޮވުމުގެ ކުރިން ވައުދާ ހިލާފުވެފައި." މަލީހު ވިދާޅުވި އެވެ.

ނަޒޫ އަށް ތާއީދު ކުރަން ނިންމުމާ ގުޅިގެން އޭނަ ވަނީ ޕީއެންއެފަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

ޕީއެންއެފް އިން ނަޒޫ އަށް ތާއީދުކުރި އިރު އެމްޑީޕީން ވަނީ، ފީއެންއެފްގެ ޓިކެޓުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރާ މުހައްމަދު ޝަރަފުއްދީން އަށް ތާއިދުކޮށް އެކަން އިއްޔެ ހާމަކޮށްފަ އެވެ.