Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ގުރައިދޫގައި އެއާޕޯޓެއް އަޅަން ސާވޭ ހަދަން ހަވާލުކޮށްފި

ތ. ގުރައިދޫ އެއާޕޯޓު ތަރައްޤީ ކުރުމަށްޓަކައި ސާވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފް އެވެ.

ތ. ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ގުރައިދޫގައި އެއާޕޯޓެއް އެޅުމަށް މިއަހަރަށް ފާސްކުރި ބަޖެޓުގައި ނެތް ނަމަވެސް އެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ދާދިފަހުން ވަނީ ގުރައިދޫގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދަންނަވައިލަން ބޭނުންވާ ވާހަކައަކީ އަޅުގަނޑު ވައުދުވީ ގޮތަށް ބަޖެޓުން އަދި އެ ބޭފުޅުން މި ރަށުގެ އެއާޕޯޓު ހެދުމަށް ޖާގަ ދީފައިި ނެތްނަމަވެސް އިރާދަކުރެއްވިއްޔާ މި އަހަރު އެއާޕޯޓު މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ހޯއްދަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.