Last Updated: May 2, 20:59
Thursday, May 2, 2024
ޚަބަރު

އިތުރު 3 ރަށެއްގެ މަގުތައް ހަދަން އާރްޑީސީ އަށް

ހދ. މަކުނުދު އާއި ރ. މާކުރަތުގެ އިތުރުން ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މުޙައްމަދެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަބީހު ޢަފީފެވެ.

މި މަޝްރޫއުގެ ދަށިން ތިން ރަށުގެ މަގުތައް ވެސް ތާރު އަޅައިގެން ހަދާނެ އެވެ.

އާރްޑީސީއިން މިހާރު ވެސް އަންނަނީ އެކިއެކި ރަށުގެ މަގުތައް ހަދަމުންނެވެ. އޭގެ ތެރޭގައި އއ.ތޮއްޑު އާއި ރ. އަލިފުށްޓާއި ނ.މަނަދު އާއި އެ އަތޮޅު ކެނދިކުޅުދޫ ހިމެނެ އެވެ.