Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ހިތަދޫ އިން ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު މީހަކު ފުލުހުންގެ ބމަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ބަނދަރު ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދިޔައީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

އެ ސަރަހައްދުގައި ހުރި މީހަކު އައްޑޫލައިވް އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ބަނދަރުމަތި ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ އަތުގައި ފޮށިގަނޑެއް ވެސް ފުލުހުން ގެންދިޔަ އެވެ.