Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ސޮއިކޮށް ދިއްގަރު ހައުސިން ޕްރޮޖެކްޓް މިއަދު ފަށައިފި

މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރިތާ މާ ގިނަ އިރުގތައް ނުވަނީސް އެ މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.

ހައުސިން މިނިސްޓްރީން އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރީ މިއަދު ހެނދުނެވެ. މަޝްރޫއުގެ ބިންގާ އެޅީ މެންދުރު ފަހު އެވެ. ބިންގާ އަޅުއްވައި ދެއްވީ ހައުދިން މިނިސްޓަރު މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު އެވެ.

ދިއްގަރުގައިި 75 ހައުސިން ޔުނިޓް ހަދަން ހަވާލުކުރީ 117.9 މިލިއަން ރުފިޔާ އަށެވެ. ހައުސިން މިނިސްޓްރީން ބުނީ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށެވެ. މ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓެއްގެ ބޮޑު މިނަކީ 1،000 އަކަފޫޓެވެ. ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމަކާއި ބަދިގެ އާއި ކާގެ އާއި ލޯންޑަރީ އަދި ގުދަނެއް ހުންނާނެ އެވެ.

މަޝްރޫއު އެއް އަހަރާއި ދެ މަސްތެރޭ ނިންމަން ޖެހެ އެވެ.