Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ފަސް ރަށެއްގައި އެއާޕޯޓް އަޅަން އެމްޓީސީސީ އަށް

ފަސް ރަށެއްގައި އެއާޕޯޓް އަޅަން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

އެ ފަސް ރަށަކީ ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުއްޓެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން އެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރީ ސާވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމާ ވެސް އެކީގަ އެވެ.

ނަމަވެސް މި ފަސް މަޝްރޫއުގެ އިތުރު ތަފުސީލު އަދި ހާމައެއް ނުކުރެ އެވެ.

މިލަންދު އާއި ކޮމަންޑު އާއި ގުރައިދޫ އަދި ވިލުފުށީގައި އެއާޕޯޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.