Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

އުރީދޫގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކުރިއަށް

އުރީދޫ މޯލްޑިވްސްގެ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއް އިއްޔެ ފަށައިފި އެވެ.

ތިން ދުވަހަށް ދެމިގެންދާ މި މުބާރާތުގައި ހޮނިހިރު ދުވަހ ފައިނަލް މެޗު ކުޅޭނީ ރައުންޑް ރޮބިން ސްޓައިލަށް 3 ކުޅުންތެރިންގެ މެދުގައެވެ. މި މުބާރާތަށް 15،000ރ. ގެ އިނާމެއް ހުށައަޅާފައިވާއިރު އެއްވަނަ ލިބޭ ކުޅުންތެރިޔާ އަށް 8،000ރ، ދެވަނަ އަށް 4،500ރ. އަދި ތިން ވަނައަށް 2.500ރ. ލިބޭނެ އެވެ.

އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް މި އަހަރަށް ރާވައިފައި ވަނީ ޝައުގުވެރި މުބާރާތްތަކެކެވެ. އަދި މިއަހަރު "އަލްޓިމޭޓް ޕްލޭޔާ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށް ވެސް އޮންނާނެ އެވެ.

"އަލްޓިމޭޓް ޕްލޭޔާ" އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ އެންމެ މޮޅު ގޭމަރެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާއަކަށް ވާނެ އެވެ.