Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހަވާލުކޮށްފި

ހއ. ދިއްދޫގައި އަޅަން ރާވާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިސްމާޢީލް ޙަމީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ ޒިޔާދު އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ދިއްދޫ އިން 71.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެސް ރިޔާސީ ވައުދެކެވެ.