Last Updated: May 4, 17:50
Saturday, May 4, 2024
ޚަބަރު

"ޚުލާސާ ތަފުސީރު" ގެ ދެވަނަ ބައި ނެރެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވި ކީރިތި ޤުރުއާނުގެ "ޚުލާޞާ ތަފުސީރު" ފޮތުގެ ދެވަނަ ބައި ނެރެފި އެވެ.

އެ ފޮތުގެ ފުރަތަމަ ބައި މިދިޔަ އަހަރު ނެރުނީ ރާއްޖެ އިސްލާވިތާ 897 އަހަރު ފުރުމާ ދިމާކޮށް އޮކްޓޯބަރު 17 ގަ އެވެ. "ޚުލާޞާ ތަފުސީރު" ގެ ދެވަނަ ބައި ނެރުނީ އިއްޔެ އެވެ.

މަހާޒު ވިދާޅުވީ ފޮތުގެ ދެވަނަ ވޮލިއުމަކީ ކީރިތި ޤުރުއާނުގެ 6-10 ފޮތުގެ ނިޔަލަށް ހުރި އާޔަތްތަކުގެ ޚުލާޞާ ތަފްސީރު ކަމަށެވެ. މިއާ އެކީ ޤުރުއާނުގެ ތިންބައިކުޅަ އެއްބައިގެ ޚުލާޞާ ތަފްސީރު ގެނެސްދެވުނީ އެވެ.

މަހާޒު ވިދާޅުވީ ތިންވަނަ ވޮލިއުމް ވެސް އޮތީ ލިޔެ، މުރާޖަޢާކޮށް ނިމިފައި ކަމަށާއި މިހާރު ކުރިއަށް ދަނީ އެ ބައި ފާސްކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމުގެ ކުރިން އެންމެ ފަހުން ކިޔަން ޖެހޭ ކިޔުންތަކުގެ މަރުޙަލާ ކަމަށެވެ.

"ޚުލާޞާ ތަފުސީރު" ދެވަނަ ވޮލިއުމް ނޮވެލްޓީގެ ބުކްޝޮޕްތަކުންނާއި އެތަނުގެ ވެބްސައިޓް މެދުވެރިކޮށް ވެސް ގަނެވޭނެ އެވެ. ޖުމްލަ 446 ސޮފްހާގެ ފޮތުގެ އަގަކީ 420ރ. އެވެ.