Last Updated: May 6, 18:53
Monday, May 6, 2024
ޚަބަރު

އިތުރު ތިން ރަށެއްގެ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

އިތުރު ‏ތިން ރަށެއްގައި އާ ހޮސްޕިޓަލް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ތިން ރަށަކީ ނ. މަނަދު އާއި މ. މުއްޔާއި ރ. އަލިފުށި ކަމަށެވެ. ‏މަނަދު އާއި މުލީގައި އަޅަން ނިންމާފައި ވަނީ 50 އެނދުގެ ހޮސްޕިޓަލެވެ. އެ ދެ ތަރިން ނިންމަން ޖެހެނީ މަސައްކަތް ފަށާތާ 720 ދުވަސްތެރޭގަ އެވެ.

އަލިފުށީގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް ނިންމަން ޖެހެނީ 730 ދުވަހުގެ ތެރޭގަ އެވެ.

ނަމަބެސް މި ހޮސްޕިޓްލަތަކަށް ހަރަދުވާނެ ހާމަކޮށްފައެއް ނުވެ އެވެ.