Last Updated: May 6, 18:19
Monday, May 6, 2024
ޚަބަރު

ނަޒޫ މަޖިލިސް އިންތިހާބު ކާމިޔާބު ކުރާނެ: މަހްލޫފް

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ދެކުނު ދާއިރާ އަށް ވާދަކުރައްވާ ނަޒުރާ ނަސީމު (ނަޒޫ) އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ފިރިކަލުން އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ކުރީގެ ޔޫތު މިނިސްޓަރު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭައި ނަޒޫ ވަރަށް ބުރަކޮށް، ބަރުބަލި ކަމެއް ނެތި ކެމްޕޭނަށް ކުރެއްވި މަސައްކަތް ފެނިވަޑައިގަތް ކަމަށެވެ.

"ފުވައްމުލަކު ދެކުނު ދާއިރާގެ އަށްޑިހަ ޕަސެންޓަށް އަށް ވުރެ ގިނަ ރައްޔިތުންނާއި ސީދާ ގުޅައި އަދި ބައްދަލުކުރި. އެއީ ވަރަށް ބޮޑު އަދަދެއް،" މަހުލޫފް ވިދާޅުވި އެވެ. "‏ٱللَّٰه އިރާދަފުޅާއެކު މާދަމާގެ އިންތިޚާބު ތަނަވަސް އަގުލަބިއްޔަތުން ކާމިޔާބުވާނެ. إِنْ شَاءَ ٱللَّٰهُ"

ނަޒޫ އަކީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮއެކެވެ.

މަޖިލިސް އިންތިހާބުގެ ވޯޓްލުން ފަށާނީ މާދަމާ ހެނދުނު 8:00 ގަ އެވެ. ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މަޖިލީހުގެ 93 ދާއިރާ އަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.