Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

މުލީ ހޮސްޕިޓަލުގެ ބިންގާ އަޅައިފި

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.

ހެލްތު މިނިސްޓްރީން މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރީ މިއަދު ހެނދުނެވެ.

އެމްޓީސީސީން ބުނީ މުލީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ ބިންގާ އަޅުއްވައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އާއި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ކަމަށެވެ.

ސަރުކާރުން މިއަދު ވަނީ ނ. މަނަދޫ އާއި ރ. އަލިފުށީގައި ހޮސްޕިޓަލް އިމާރާތް ކުރަން ވެސް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

މުއްޔާއި މަނަދޫގަައި އަޅަން ނިންމާފައި ވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. ދެ އަހަރު ދުވަހުގެ ތެރޭ ނިންމަންޖެހޭ ގޮތަށް ހަވާލުކުރި މި މަސައްކަތަށް 185 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަލިފުށީގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް ނިންމަން ޖެހެނީ 730 ދުވަހުގެ ތެރޭގަ އެވެ. އެ މަސައްކަތުގެ އަގަކީ 128 މިލިއަން ރުފިޔާ އެވެ.