Last Updated: May 4, 19:12
Saturday, May 4, 2024
ޚަބަރު

އަމީރު ހުންނަ ގޭގައި ހުޅުޖަހާނެކަމުގެ އިންޒާރު ދީފި

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކ. ދިއްފުށީގައި ހުންނަ ގޭގައި ހުޅުޖަހާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަމީރު ދިއްފުށީގައި ދިރިއުޅޭ ގޭގައި ހުޅުޖަހައި ރޯކުރާނެ ކަމުގެ އިންޒާރު ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ނަސީމްގެ ސަޕޯޓަރުން ދީފައިވާ ކަމަށެވެ. އަދި ރަށުގެ އަމާންކަން ނަގާލައި އަމީރަށް ދުއްތުރާ ކުރުމުގެ ޢަމަލު ކުށްވެރިކުރާ ކަމަށް އެމްޑީޕީން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި އިންޒާރާ ގުޅިގެން އަމީރު ވަނީ އެ ރަށުން މިހާރު ފައިބާފަ އެވެ. އަދި މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.