އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ހުކުރު ދުވަހު ނެރުނު އާ އަލްބަމް "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އާ އެކީ ސްޕޮޓިފައިގައި އާ ރެކޯޑެއް ހަދައިފި އެވެ.
އެ ރެކޯޑަކީ އެއް ދުވަސްތެރޭ އެންމެ ގިނައިން ސްޓްރީމްކުރި އަލްބަމްގެ ރެކޯޑެވެ. ރިލީޒްކުރި ދުވަހު އަލްބަމަށް 300 މިލިއަން ސްޓްރީމިން ލިބިފައިވެ އެވެ. މިއާ އެކީ ޓޭލާވެފައި ވަނީ ސްޕޮޓިފައިގެ ތާރީހުގައި ވެސް އެއް ދުވަސްތެރޭ އެންމެ ގިނައިން ސްޓްރީމްކުރި އާޓިސްޓަށެވެ.
On April 19th, 2024, THE TORTURED POETS DEPARTMENT became Spotify's most-streamed album in a single day, and Taylor Swift became the most-streamed artist in a single day in Spotify history. pic.twitter.com/g2tzdzdgCC
— Spotify (@Spotify) April 19, 2024
"ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އަކީ އެ ރިލީޒްކުރުމުގެ ކުރިން ވެސް ގިނަ ބައެއްގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓި އަދި ރިލީޒްކުރަން އުޅޭކަން އިއުލާންކުރުމާ އެކީ ވެސް ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އަލްބަމެކެވެ. މި އަލްބަމް މި މަހުގެ 19 ގައި ނެރޭނެކަން އިއުލާންކުރީ ފެބްރުއަރީ މަހުގެ ކުރީކޮޅު ބޭއްވި 66 ވަނަ ގްރެމީ އެވޯޑްސް ހަފުލާގެ ތެރޭގަ އެވެ.
މިހާރު ބިލިއަނަރެއްގެ ދަރަހަ ވެސް އޮތް ޓޭލާގެ 11 ވަނަ އަލްބަމްގެ ގޮތުގައި ގެނެސްދިން "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް"
ގައި ޖުމްލަ 31 ލަވަ ހިމެނެ އެވެ.
މިއުޒިކީ ދާއިރާ އިން މިހާތަނަށް އެވޯޑެއް ހޯދާފައިވާ ޓޭލާގެ 10 ވަނަ އަލްބަމަކީ 2022 ގެ "މިޑްނައިޓްސް" އެވެ. އޭގެ 1.6 މިލިއަން ކޮޕީ މިހާތަނަށް ވިކިފައިވެ އެވެ.