Last Updated: July 27, 14:13
Saturday, July 27, 2024
ދުނިޔެ

އެމެރިކާ އިން ޔުކްރޭނަށް 61 ބިލިއަންގެ އެހީ

ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔުކްރޭނަށް އަސްކަރީ ގޮތުން އެހީވާން އެމެރިކާގެ ކޮންގްރެސް އިން 61 ބިލިއަން ޑޮލަރުގެ އެހީ ދޭން ފާސްކޮށްފި އެވެ.

މިކަން ފާސްކޮށްފައި ވަނީ އެ އެހީގެ ބިލަށް އިދިކޮޅު ފަރާތްތަކުގެ ދެކޮޅު ހެދުންތަކާ ހެދި ގޮތެއް ނުނިމި ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް އިއްޔެ އެވެ. އެހީގެ ބިލް ފާސްވީ ވޯޓް ދެއްވި 311 މެންބަރުންގެ ތެރެއިން 112 މެންބަރުންގެ ވޯޓުންނެވެ.

ޔުކްރޭނަށް ދޭން ނިންމި މި އެހީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ހަނގުރާމަ އަށް ބޭނުންވާ ލީތަލް ހަތިޔާރުތައް ފޯރުކޮށް ދިނުމެވެ.

ބޮޑު އަދަދަކުން އެމެރިކާ އިން އެހީދޭން ފާސްކުރުމާ ގުޅިގެން ޔުކްރޭންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އެކަމަށް މަރުހަބާ ވިދާޅުވެ، ޝުކުރު ވެސް އަދާކުރައްވާފައިވެ އެވެ. އޭނަ ވިދާޅުވީ އެމެރިކާ އިން ދޭން ނިންމި މި އެހީން ކަށަވަރުވި ކަމަކީ ގައުމު ދިފާއު ކުރަން ޔުކްރޭން ކުރާ މަސައްކަތުގައި މަދަދުގާރެއްގެ ގޮތުގައި އެމެރިކާ އޮތްކަން އިތުރަށް ޔަގީންވުން ކަމަށެވެ.

"މިކަމުން ދައްކިވައި ދެނީ ޑިމޮކްރަސީ އާއި މިނިވަން ކަމަށް ކުރާ މަސައްކަތުގައި ދުނިޔެ އަހަރެމެންނާ އެކީގައި އޮތްކަން،" ޒެލެންސްކީ ވިދާޅުވި އެވެ. "އަދި މިކަމުގައި އަހަރެންނާ އެކީ އެމެރިލާ އޮންނަހާ ހިނދަކު ޔުކްރޭންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވާނެކަމުހެ ޔަގީންކަން ބޮޑުވެއްޖެ."

އެމެރިކާ އިން ޔުކްރޭނަށް ދޭން ނިންމި އެހީއާ ގުޅިގެން ރަޝިޮއާހެ ސަރުކާރަށް އެކަމަށް ފާޑު ކިޔައި ބުނެފައި ވަނީ މިކަމުން ވާނެހާ ވެސް ކަމަކީ އެމެރިކާ އިތުރަށް މުއްސަނދިވެ، ޔުކްރޭން އިތުރަށް، ހަލާކޔވެ، އެ ގައުމުން މަރުވާ މީހުންގެ އަދަދު ވެސް އިތުރުން ކަމަށެވެ.

ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނީ 2022 ގެ ކުރީކޮޅުން ފެށިގެންނެވެ.