Last Updated: May 3, 22:21
Friday, May 3, 2024
މުނިފޫހިފިލުވުން

ރިތިކާއި އެންޓީއާރްގެ ނެށުމުގެ ކުރިމަތިލުމެއް

މިހާރު ޝޫޓިން ކުރިއަށްދާ ފިލްމު "ވޯ 2" ގައި ރިތިކް ރޯޝަނާއި އެންޓީއާރް ޖޫނިއާގެ މެދުގައި ވަރުގަދަ ނެށުމުގެ ކުރިމަތިލުންތަކެއް ދައްކުވައިދޭ ލަވައެއް ހިމަނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ފިލްމު އުފައްދާ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން އެ ގޮތަށް ނިންމީ ރިތިކާއި އެންޓިއާރަކީ ވެސް ވަރުގަދަ ނެށުންތެރިންނަށްވާތީ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އެންޓީއާރްގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ 2022 ގެ "އާރްއާރްއާރް" ގައި ހިމެނޭ ލަވަ "ނާޓު ނާޓު" އަކީ އެންޓީއާރާއި ރާމް ޗަރަންގެ ވަރަށް ވަރުގަދަ ނެށުންތަކާ އެކީ އޮސްކާ އެވޯޑް ވެސް ހޯދި ލަވައެއް ކަމެވެ.

އެ ލަވައިގެ އަވަސް ބީޓްތަކަށް ދެ ތަރިން ދައްކުވައި ދިން ހަލުވި ނެށުންތަކާ އެކީ ނާޓު ނާޓު" އަކީ އޮސްކާގައި އޮރިޖިނަލް ލަވައިގެ އެވޯޑް ހޯދި ލަވައެކެވެ.

އަނެއްކޮޅުން 2019 ގެ "ވޯ" ގައި ރިތިކާއި ޓައިގާ ޝްރޮފާ އެކީ ހިމެނި ލަވަ "ޖޭ ޖޭ ޝިވްޝަންކަރު" އަކީ އެ ދެ ތަރިންގެ ވަރަށް މޮޅު ނެށުންތަކެއް ދައްކުވައި ދިން ލަވައެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ "ވޯ 2" ގެ އެންމެ ވަރުގަދަ އެއް ހައިލައިޓަކަށް ރިތިކާއި އެންޓީއާރް ނެށުމުގެ ކުރިމަތިލުން ދައްކިވައިދޭ ލަވަ ހިމެނޭނެ ކަމަށެވެ. ޕްރިތަމް މިއުޒިކް ހަދާ މި ފިލްމުގެ މި ލަވަ ވާނީ "ނާޓު ނާޓު" އާއި "ޖޭ ޖޭ ޝިވްކަންރު" ގެ ބީޓްތައް މަސްހުނިކޮށްގެން، ވަރަށް ތަފާތު ގޮތަކަށް ގެނެސްދޭނެ ލަވައަކަށް ވެސް އެ ނޫހުން ބުންޏެވެ.

ދެހާސް ބާވީހުގެ "ބުރައްމަަސްތުރާ" ގެނެސްދިން އަޔާން މުކަރްޖީ ޑައިރެކްޓުރާ " ވޯ 2" އަކީ މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ ފުރަތަމަ ހިންދީ ފިލްމެވެ. އަދި މީގައި އޭނަ ކުޅެނީ ވަރަށް ވަރުގަދަ ވިލަންއެއްގެ ރޯލެވެ.

އަންނަ އަހަރު ރިލީޒްކުރާނެ ކަމަށް އުންމީދު ކުރެވޭ "ވޯ 2" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. ފިލްމުގެ ކްރޫއާ އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ގުޅެން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ.