Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

ބަދަލަށް ދިން އަދަދު ކަނޑައެޅި ބަޖެޓަށް ވުރެ އިތުރު

އެކި ފަރާތަތަކަށް ދައުލަތުގެ ބަޖެޓުން މި އަހަރު ބަދަލުގެ ގޮތުގައި ދޭން ކަނޑައެޅި އަދަދަ ށްވުރެ އިތުރަށް ފައިސާ ދޫކޮށްފި އެވެ.

ބަދަލުގެ ގޮތުގައި ދޭން މި އަހަރުގެ ކަނޑައަޅާފައި އޮތީ 101 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްގައިވާ ގޮތުން މި މަހުގެ 11 ގެ ނިޔަލަށް ދައުލަތުން ބަދަލުގެ ގޮތުގައި 107.4 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަދަލުގެ ގޮތުގައި ދޫކުރީ 99.5 މިލިއަން ރުފިޔާ އެވެ

ދައުލަތުން ބަދަލުގެ ގޮތުގައި މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 82 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ ސަރުކާރުން ބުނެފައި ވަނީ އެ ފައިސާ އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ގޮތުން ދޭން ޖެހިފައި ހުރި ފައިސާ ކަމަށެވެ.

އަދި ސަރުކާރުން ހިންގި އެއްވެސް މުއާމަލާތަކާ ގުޅިގެން މިހާގަނަށް ބަދަލުގެ ގޮތުގައި އެއްވެސް ބަޔަކަށް ފައިސާ ދޫކޮށްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން މި މަހުގެ 9 ގައި ބުނެފައިވެ އެވެ.

ބަދަލުގެ ގޮތުގައި ދޭން މިދިޔަ އަހަރު ވެސް ބަޖެޓުގައި 101 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އެކަމަކު އަހަރު ނިމުނު އިރު ބަދަލުގެ ގޮތުގައި ދިން އަދަދު 557 މިލިއަން ރުފިޔާ އަށް އަރަ އެވެ.