Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

އިންތިހާބާ ގުޅޭ ޝަކުވާތަކަށް އެމްޑީޕީން ހާއްސަ ނަމްބަރެއް

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުން ޝަކުވާ ހުށަހަޅަން ނަމްބަރެއް ހާއްސަކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕާޓީން އެކަމަށް ހާއްސަކުރި ނަމްބަރަކީ 7391637 އެވެ. އެމްޑީޕީން ބުނީ އިންތިޚާބާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ އެ ނަމްބަރަށް ގުޅައި، ހުށަހަޅަން އެދޭ ކަމަށެވެ. އެމްޑީޕީ އަކީ މި އިންތިހާބުގައި ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެމްބަރުން ވާދަކުރާ އެއް ޕާޓީ އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބުގެ ވޯޓްލުން ފެށީ ހެނދުނު 8:00 ގަ އެވެ. އަދި ވޯޓްލުން ހަވީރު 5:30 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

މި އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މިހާތަނަށ އަދި ވޯޓާ ގުޅޭ މާ ބޮޑެތި މައްސަލަތަކެއް ދިމާވެފައެއް ނުވެ އެވެ. އަދި އެފަދަ މައްސަލަތަކެއް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިފައެއް ނުވެ އެވެ.