Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

ދެ ގަޑިއިރު ތެރޭ 47،000 މީހުން ވޯޓް ލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަދު ފެށިތާ ދެ ގަޑިއިރު ތެރޭ 47،000 އަށް ވުރެ ގިނަ މީހުން ވޯޓް ލައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ ހެނދުނު 10:00 އާ ހަމައަށް ޖުމްލަ 47،296 މީހަކު ވޯޓް ލާފައިވާ ކަމަށެވެ. އެއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 16.61 ޕަސެންޓެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

ވޯޓްލުން ފެށީ ހެނދުނު 8:00 ގަ އެވެ. އަދި ވޯޓްލުން ހަވީރު 5:30 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މި އިންތިހާބުގައި 603 އަށް ވުރެ ގިނަ ވޯޓްފޮށި ބަހައްޓާފައިވާ އިރު، މި ފަހަރު ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބެހެއްޓީ ތިން ގައުމެއްގަ އެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގަ އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބުގެ 93 ދާއިރާ އަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.