Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

ރަސްދު އާއި ތޮއްޑު އަށް ފަޅެއް ދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޤަރާރަކުން އއ. ރަސްދޫ އަދި އއ. ތޮއްޑޫގެ އިހްތިސާސް ތެރޭގައި ފަޅެއް ހިމަނައިފިއެވެ.

މި ދެރަށަށް ފަޅެއް ދީފައިވަނީ މިއަދު ރައީސް މުއިއްޒު ސޮއި ކުރައްވާ ގެޒެޓްކުރި ޤަރާރަކުންނެވެ.

އއ. ރަސްދޫ އަދި އއ. ތޮއްޑުއަށްވެސް ދީފައިވަނީ 200 ހެކްޓަރުގެ ސަރަހައްދެކެވެ. ޤަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން އަދި ލާމަރުކަޒީ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން މި ދެ ފަޅު އެ ރަށްތަކުގެ އިހްތިސާސްގެ ބައެއްގެ ގޮތުގައި ހިމަނާ ކަމަށެވެ.

ތޮއްޑުއަށް ދިން ފަޅު-
ރަސްދޫއަށް ދިން ފަޅު-

އއ. ރަސްދޫ އަދި އއ. ތޮއްޑޫގެ އިހްތިސާސް ތެރޭގައި 200 ހެކްޓަރުގެ ފަޅެއް ހިމަނާފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނިކޮށެވެ.

މި ނިމުނު ހަފުތާގެ ތެރޭގައިވެސް ރައީސް މުއިއްޒު ވަނި ރަށްރަށުގެ އިހްތިސާސްތަކަށް ބަދަލު ގެންނަވާ އެކަން ގެޒެޓް ކުރައްވާފައެވެ.