Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

93،000 މީހުން ވޯޓުލައިފި

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް 93،000 މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 12:00 އާ ހަމައަށް 93،224 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ވޯޓުލެވޭ އާބާދީގެ 32.75 އިންސައްތައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޖުމުލަ 284،663 މީހުނަށް ވޯޓު ލުމުގެ ހައްޤު ލިބިގެންވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީލު 05:30 އަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. ޖުމުލަ 368 ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެއެވެ.