Last Updated: May 3, 22:21
Saturday, May 4, 2024
ޚަބަރު

މަޖިލިސް އިންތިހާބު: ތިން މީހަކު ހައްޔަރަށް

ފޮޓޯ: ފުލުހުން

ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން އެކަކު އަދި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީއިން ދެ މީހަކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފުލުހުން އަންނަނީ “ބްލޫ ޓައިޑް 2024” ގެ ނަމުގައި އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައި ވެސް ގާއިމުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.