Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު

މިހާތަނަށް 56 ޕަސެންޓް މީހުން ވޯޓުލައިފި

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ހައްގުވާ 56 ޕަސެންޓް މީހުން ވޯޓުލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު މެންދުރު 3 ޖެހުމާ ހަމައަށް 160،158 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 56 ޕަސެންޓް މީހުންނެވެ. ވޯޓުނުލާ އަދިވެސް 124،505 މީހުން އެބަތިބި ކަމަށް އީސީން ބުނެ އެވެ.

ވޯޓްލުން ފެށީ ހެނދުނު 8:00 ގަ އެވެ. އަދި ވޯޓްލުން ހަވީރު 5:30 އާ ހަމައަށް ކުރިއަށް ދާނެ އެވެ. ވޯޓުލުމުގެ ވަގުތު އިތުރު ނުކުރަން އީސީން ވަނީ ނިންމާފަ އެވެ.

މި އިންތިހާބުގައި 603 އަށް ވުރެ ގިނަ ވޯޓްފޮށި ބަހައްޓާފައިވާ އިރު، މި ފަހަރު ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބެހެއްޓީ ތިން ގައުމެއްގަ އެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގަ އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބުގެ 93 ދާއިރާ އަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.