Last Updated: May 4, 09:41
Saturday, May 4, 2024
މުނިފޫހިފިލުވުން

ކަރަންގެ ހިތްގައިމު ވެނިޓީ ވޭން އަށް ވަދެލަމާ!

ޕޮޝް ލައިފްސްޓައިލެއް ގެންގުޅޭ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ހިތްގައިމު އަދި އެހާމެ އަގުބޮޑު ވެނިޓީ ވޭންގެ އެތެރެ ދައްކާލައިފި އެވެ.

މީގެ އެތެރެ ސިފަކޮށް ދެނީ ކުޑަވަރެއްގެ ލަގްޒަރީ އެޕާޓްމަންޓެއްގެ ގޮތުގަ އެވެ. ގެއެއްގައި މައިގަނޑު ގޮތެއްގައި ހުންނާނެ ހުރިހާ މި ތަނެއް މި ވެނިޓީ ވޭންގައި އެބަހުއްޓެވެ. އަދި އޭގައި ހުރި ފަރުނީޗަރާއި އެ ނޫން ވެސް ތަކެއްޗަކީ ހަމަ އެންމެ ކޮލިޓީ އެއްޗިއްސެވެ.

ވެނިޓީ ވޭންގެ އެތެރެ ދައްކައިލި ވީޑިއޯގައި ކަރަން ބުނީ އޭނަގެ އެންމެ އާންމު އަސާސީ ތަކެތި އެ އެއްޗިއްސަށް ހާއްސަ ތަންތަނުގައި ވެނިޓީ ވޭންގެ ތެރޭގައި ހުންނާނެ އެވެެ. އޭގެ ތެރޭގައި ކަރަންގެ އައިނާއި އަނގޮޓީ އާއި ޖެކެޓް ފަދަ ތަކެތީގެ ކަލެކްޝަނަށް ހާއްސަ ސްޓޯރޭޖް ހިމެނެ އެވެ. މީގެ އިތުރުން އަބަދު ވެސް ވެނިޓީ ވޭންގައި އަރާމު ސޯފާ ސެޓާއި ކޮފީ މެޝިނަކާއި މައިކްރޯވޭވެއް ވެސް ހުންނާނެ ކަމަށް ވެސް ބުންޏެވެ.

ކަރަންގެ ލަގްޒަރީ ވެނިޓީ ވޭންގެ އެތެރެ ދައްކައިލި އިރު، މިދިޔަ އަހަރުގެ އޭނަގެ އެ ގެ ވެސް ވީޑިއޯއަކުން ދައްކާލާފައިވެ އެވެ. އެ ގެ ޑިޒައިންކުރީ ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ޚާނެވެ.

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ކަރަން އަކީ ބޮލީވުޑްގެ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކެކެވެ. އޭނަގެ މިލްކިއްޔާތު 1،640 ކްރޯޑް ރުޕީސް (197 މިލިއަން ޑޮލަރު) އަރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކަރަން އަކީ ދަރުމާ ޕްރޮޑަކްޝަންގެ ނަމުގައި އަމިއްލަ ފިލްމު ސްޓޫޑޯއެއް ހިންގަމުން އަންނަ މީހެކެވެ.

އެ ސްޓޫޑިއޯ އަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ އެއް ސްޓޫޑިއޯ އެވެ.

"ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" ފަދަ އައިކޮނިކް ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. ހުސްހަށިބައިކޮށް ހުންނަ ކަރަންގެ ދެ ކުދިން ތިބެ އެވެ. ސަރޮގޭޓްކޮށްގެން ހޯދި އެ ދެ ކުދިންނަކީ ދެ ޖިންސްގެ އެއްމާބަނޑު ދެ ކުދިންނެވެ. ޔާޝް އާއި ރޫހީ ޖޯހަރަށް މިހާރު 7 އަހަރެވެ.

ކަރަން އަކީ އޭނަގެ މަންމަ ހީރޫ އާއި ޔާޝް ޖޯހަރަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ޕްރޮޑިއުސަރެއް ކަމަށްވާ ޔާޝް ވަނީ 2004 ގައި މަރުވެފަ އެވެ.

ފިލްމު އުފެއްދުމުގެ އިތުރުން ކަރަން އަކީ ޑިޒައިނަރެއް އަދި ހޯސްޓެއް ވެސް މެ އެވެ. އޭނަ ބައެއް ފިލްމުތަކުގައި އެކްޓް ވެސް ކޮށްފައިވެ އެވެ.