Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

ވޯޓްލާން ދިން ވަގުތު ހަމަވެއްޖެ

މިއަދު ފެށި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓްލާން ދިން ވަގުތު ހަމަވެއްޖެ އެވެ.

ވޯޓްލާން ފެށީ ހެނދުނު 8:00 ގަ އެވެ. އަދި ވޯޓްލުން ނިންމާ ގޮތަށް އޮތީ ހަވީރު 5:30 އެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ 5:30 ކިއު ބަންދުވާނެ ކަމަށާއި އޭގެ ފަހުން އެއްވެސް މީހަކަށް ވޯޓްލުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ނަމަވެސް ވަގުތު ހަމަވި އިރު، ކިއުގައި ތިބި މީހުންނަށް ވޯޓް ލެވޭނެ އެވެ.

މަޖިލީހުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާ އިރު، މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

އީސީން ބުނި ގޮތުގައި ހަވީރު 5:00 އާ ހަމައަށް 207،693 މީހަކު ވޯޓްލާފައިވެ އެވެ. އެއީ ވޯޓްލެވޭ އާބާދީގެ 72.96 ޕަސެންޓެވެ.

މި އިންތިހާބުގައި ބޭރުގެ ތިން ގައުމެއްގައި ވެސް ވޯޓްފޮށި ބެހެއްޓި އެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާ އެވެ.