Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީ އަށް ލިބިއްޖެ

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީން ހޯދައިފި އެވެ.

ވަގުތީ ނަތީޖާތައް ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީ އަށް މިހާރު ވަނީ 93 ގޮނޑީގެ ތެރެއިން 50 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފަ އެވެ. މަޖިލީހުގެ މެޖޯރިޓީ އަކީ 47 ގޮނޑި އެވެ. ޕީއެންސީން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދާނެ ކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ބެލެވިފަ އެވެ.

އަދި މިއީ އިދިކޮޅު އެމްޑީޕީ އަށް މަޖިލީހުން އެންމެ މަދުން ގޮނޑި ލިބޭ ފަހަރަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މަޖިލިސް އިންތިހާބުގައި ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރިއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އާބާދީއަކީ 284،663 އެވެ. ވޯޓުލާފައިވަނީ އޭގެތެރެއިން 73 ޕަސެންޓް މީހުންނެވެ.