Last Updated: May 4, 19:16
Saturday, May 4, 2024
ޚަބަރު

އީވާ އަށް ގޮނޑި ގެއްލިއްޖެ

މެންބަރު އީވާ އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް އެ ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.

އީވާއާ ވާދަކޮށް ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އީވާ ވަނީ ބަލި ގަބޫލުކުރައްވައި ކުޑޫއަށް މަރުހަބާ ވިދާޅުވެފަ އެވެ. އީވާ ވަނީ ވޭތުވެދިޔަ ތަނުގައި ގަލޮޅު އުތުރުން ދެއްވި އިތުބާރާ ޔަގީން ކަމަށް ހިތުގެ ޚާލިސް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި އީވާ ވަނީ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ތިން ދައުރު ވަންދެން ފުރުއްވާފަ އެވެ.

އީވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކަމަށް އެންމެ ފުރަތަމަ އިންތިހާބުކުރީ 2009 ވަނަ އަހަރު އެވެ.

އީވާ އަކީ ފެށި ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދެވަނަ އަންހެން ބޭފުޅާ އެވެ. އާ ގާނޫނު އަސާސީގެ ދަށުން މަޖިލީހުގެ ރިޔާސަތު މީގެކުރިން ދެން ބެލެހެއްޓެވި އަންހެން ބޭފުޅަކީ މ. އަތޮޅުގެ ކުރީގެ މެންބަރު އަދި އަނީސާ އަހްމަދެވެ.