Last Updated: May 4, 12:11
Saturday, May 4, 2024
ޚަބަރު

ހިންނަވަރު ބަދަލުވެއްޖެ، އެމްޑީޕީ ބަލިކޮށް ގޮނޑި ޕީއެންސީ އަށް

ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާން

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާން ކާމިޔާބު ކުރައްވައިފި އެވެ.

ހިންނަވަރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބު ކުރެއްވީ އެ ދާއިރާގެ ގޮނޑި މިހާރުވެސް ފުރުއްވަމުން ގެންދަވާ އެމްޑީޕީގެ ކެންޑިޑޭޓް ޖީހާން މަހްމޫދާ ވާދަކޮށެވެ.

ޖީހާން އަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅެވެ.

ހިންނަވަރުގެ މަޖިލިސް ގޮނޑި އަކީ ޒަމާނުއްސުރެ އެމްޑީޕީން ރަސްކަން ކުރަމުން އައި ގޮނޑިއެކެވެ.