Last Updated: May 4, 10:44
Saturday, May 4, 2024
ޚަބަރު

20 އަހަރަށް ފަހު މަޖިލީހުން އަސްލަމް ކަޓައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަށް ގޮނޑި ގެއްލިއްޖެ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އެވެ. ސިނާންއާ އެންމެ ގާތުން ވާދަކުރެއްވީ އަސްލަމް އެވެ.

މި ދާއިރާގެ ގޮނޑިއަށް ޖުމްލަ 7 ކެންޑިޑޭޓަކު ވާދަކޮށްފައިވެ އެވެ.

އަސްލަމް ވަނީ މެދުނުކެނޑި 20 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރެއްވި އަސްލަމަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓެވެ.

އަސްލަމަށް ގޮނޑި ގެއްލުނު އިރު އައްޑޫގެ މެޖޯރިޓީ ވެސް އެމްޑީޕީ އަށް ވަނީ ގެއްލިފަ އެވެ.