Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

އިންތިހާބު ތެރޭގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި ހައްޔަރުކުރި ތިން މީހުން ވެސް ދޫކޮށްލައިފި އެވެ.

އިންތިހާބާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދިޔަ "ބްލޫ ޓައިޑް" މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކީ ވޯޓުކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން ހައްޔަރުކުރި މީހެކެވެ. އަނެއް ދެ ހައްޔަރުކުރީ ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީންނެވެ.

ފުލުހުން ރޭ ބުނީ ތިން މީހުން ވވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އިއްޔެގެ އިންތިހާބަކީ މާ ބޮޑު ހަމަނުޖެހުންތަކާއ މައްސަލަތަކެއް ނެތި އޮމާންކޮށް ނިމިގެން ދިޔަ އިންތިހާބެއް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އާއި އެޗްއާރްސީމުން ބުނެފައިވެ އެވެ.