Last Updated: May 5, 17:54
Sunday, May 5, 2024
ޚަބަރު

ސަފީރުކަމުގެ ރުހުން 8 ބޭފުޅަކަށް ދޭން ފާސްކޮށްފި

ރާއްޖެ އިން ބޭރު ގައުމުތަކުގެ ސަފީރުންގެ ގޮތުގައި އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދަން ފޮނުވި 8 ނަމަކަށް ރުހުން ދޭން މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ރުހުން ހޯދަން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް 10 ނަމެއް ފޮނުވި އެވެ.

ފާސްކުރި ނަންތައް:

* ޔޫއޭއީގެ މުޙައްމަދު ހުސައިން ޝަރީފް
* އިނގިރޭސިވިލާތު ސަފީރުކަމަށް ޑރ. އިރުތިޝާމް އާދަމް
* އދ. އަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޑރ. އަލީ ނަސީރު މުޙައްމަދު
* ސްރީ ލަންކާގެ ސަފީރަކަ މައްސޫދު އިމާދު
* މެލޭޝިއާގެ ސަފީރަކަށް ޑރ. މަރިޔަމް ޝަބީނާ އަޙްމަދު
* ބެލްޖިއަމްގެ ސަފީރަކަށް ގީލާ އަލީ
* ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް، ޑރ. ސަލްމާ ރަޝީދު
* ސިންގަޕޫރުގެ ސަފީރަކަށް މުޙައްމަދު ލުވައިޒް

ސަފީރުންގެ ގޮތުގައި އައްޔަންކުރަން ރައީސް ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން ކޮމެޓީން އަދި ގޮތެއް ނިންމާފައި ނުވަނީ ޗައިނާގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ޝިއުނީން ރަޝީދުގެ ނަމެވެ.