Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

އުމްރާ އަށް ދިޔަ މީހަކު ނިޔާވެއްޖެ

މިދިޔަ ރޯދަ މަހުގެ ތެރޭގައި ރޯދަމަހުގެ އުމްރާ އަށް ގޮސް އުޅެނިކޮށް ބަލިވެގެން ފަރުވާ ދެނުން ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.

ނިޔާވީ ހއ. އިހަވަންދޫ ފެހި ފަރުދާގޭ އަހަރު އަބްދުﷲ އަލީ، 52، އެވެ.

އޭނަ އުމްރާ ދިޔައީ ލައްބައެކަ ޓުއާސްގެ ހަވާލުގަ އެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހު އުމްރާއަށް އަބްދުﷲ ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރީ އުމްރާ އަށް ފަހު ފުރަން އޮތް ދުވަހު ކުއްލިއަކަށް މާ ބޮޑަށް ބަލިވުމުންނެވެ. އޭނަ ނިޔާވީ މައްކާގެ އަލް-އަހްލީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އެވެ.

މިދިޔަ ރޯދަ އުމްރާ އަށް ދިޔަ އިތުރު ދެ މީހަކު ވެސް މައްކާގައި ނިޔާވެފައިވެ އެވެ.